ބަނގުރާ އުފުލި ވޭނެއް: ޑްރައިވަރު ހައްޔަރު، 75 ފުޅި ބަނގުރާ ފެނުނު
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ބަނގުރާ އުފުލި ވޭނެއް ހުއްޓުވާ އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ޑްރައިވަރު ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ ވޭނެއްގައި ބަނގުރާ އުފުލާ ކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހުޅުމާލެ ރީތިގަސް މަގުން އެ ވޭން ހުއްޓުވާފައިވާ ކަމަށެވެ. އަދި ބަލާ ފާސްކުރިއިރު ބަނގުރާ އަޅާފައިވާ 75 ފުޅި ފެނުނު ކަމަށެވެ.
އެ ވޭން ދުއްވީ އުމުރުން 37 އަހަރުގެ ނޭޕާލް ފިރިހެނެކެވެ. އެ މީހާ ހައްޔަރު ކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.
ބަނގުރާ އަޅާފައި ވަނީ ފެން ހުސްކުރި 500 އެމްއެލްގެ ފުޅިތަކަކަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް