ބަޖިޔާ ގާ މޮނިއުމެންޓް ހޯދައިފިން: މޭޔަރ ޝިފާ
މާލޭގެ ބޭރުތޮށި ލައިިދިނުމަށް ޖަޕާނު ސަރުކާރުން ކުރި މަސައްކަތުގެ ރަމްޒީ ބިނާއެއްކަމުގައިވާ ބަޖިޔާ ގާ މޮނިއުމެންޓް ހޯދިފައިވާކަމަށް މާލޭ ސިޓީގެ މޭޔަރ ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.
ޝިފާ މިކަން ހާމަކުރެއްވީ ކުރެއްވި ޓްވީޓެއްގައެވެ.
އެކަމަނާ ވިދާޅުވީ ސިޓީ ކައުންސިލުން ބަޖިޔާ ގާ ހޯދާފައިވާ ކަަމަށާއި އެ މޮނިއުމެންޓް އެއްލާލެވިގެން ނުވާނެކަމަށެވެ.
މި މޮނިއުމެންޓްއަކީ ޖަޕާން ސަރުކާރުގެ ހިލޭ އެހީގައި މާާލޭގެ ބޭރުތޮށި ލައިދިނުމަށް ޓެޓްރަޕޮޓް ބޭނުންކޮށްގެން ކުރި މަސައްކަތުގެ ރަމްޒީ ބިނާއެކެވެ.
ނިމިދިޔަ ސަރުކާރުގައި ސިނަމާލެ ބްރިޖް އެޅުމަށް އެ ސަރަހައްދު ބަންދުކުރި އިރުގައި އެގާ ނެގުމަށްފަހު ފަހުން ބެެހެއްޓިތަނެއް އެނގިފައެއް ނުވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް