ސާވާއަށް މައްސަލައެއް ދިމާވެ، ޓްރާންސްޕޯޓް މިނިސްޓްރީގެ ޚިދުމަތްތައް މެދުކެނޑިއްޖެ
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ޓްރާންސްޕޯޓް މިނިސްޓްރީގެ ސަވަރ އަށް ޓެކްނިކަލް މައްސަލައެއް ދިމާވެ، މިނިސްޓްރީގެ ޚިދުމަތްތައް މެދު ކެނޑިއްޖެއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ހުނީ، ސާވާއަށް ދިމާވި މައްސަލައާ ގުޅިގެން މިނިސްޓްރީގެ ޚިދުމަތްތައް ވަގުތީގޮތުން މެދުކެނޑިފައިވާ ކަމަށެެވެ.
އަދި މިވަގުތު މިނިސްޓްރީގެ ޓެކްނިކަލް ޓީމުން މި މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރިޔަށް ގެންދާ ކަމަށެވެ.
މިނިސްޓްރީން ބުނީ މި މިކަމުގެ ސަބަބުން ކުރިމަތިވެދާނެ އުނދަގޫތަކަށް ވަރަށް ބޮޑަށް މަޢާފަށް އެދޭ ކަމަށާ، މި ވަގުތުގައި އެންމެހައި ފަރާތްތަކުން ދެމުންދާ އެއްބާރުލުމަށް ޝުކުރު އަދާކުރާ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިނިސްޓްރީގެ ޚިދުމަތްތައް މެދު ކެނޑުނީ އޭސީތައް އޯވާހީޓުވެގެން ސާވާ ހުއްޓިގެންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް