ވީއައިއޭގެ ފަސިންޖަރުން ދުރާލާ ފުރަން އައުމަށް އެދިއްޖެ
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ފުރުމަށް އަންނަ ފަސިންޖަރުން ދުރާލާ އައުމަށް އިލްތިމާސްކޮށްފިއެވެ.
މިފަދައިން އެދިފައިވަނީ ވީއައިއޭ ހިންގާ އެމްއޭސީއެލްއިން ކުރި ޓްވީޓެއްގައެވެ.
އެކުންފުނިން ބުނީ ދިގު ކިޔުތަކާއި ފްލައިޓު ޑިލޭތަކަށްް ޖާގަ ނުދިނުމަށްޓަކައި އިންޓަރނޭޝަނަލް ފްލައިޓުން ފުރުމުގެ ތިން ގަޑިއިރު ކުރިން، އަދި ޑޮމެސްޓިކް ޓާމިނަލުން ފުރުމުގެ ދެ ގަޑިއިރު ކުރިން އައުމަށް އެދޭ ކަމަށެވެ.
މި ދުވަސްވަރަކީ ޗުއްޓީ ދުވަސްވަރުކަމުން އެއާޕޯޓުން ފުރާ ފަސިންޖަރުންގެ އަދަދު ވަނީ އިތުރުވެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް