ބުރައެއް އުފުލަންޖެހޭވަރުގެ ހުކުމެއް އަންނާާނެކަމަށް ހީނުކުރަން: ރައީސް ޔާމީން
މާދަމާގެ ޝަރީއަތުގައި ބުރައެއް އުފުއްލަވަން ޖެހިދާނެފަދަ ހުކުމެއް އަތުވެދާނެކަމަށް ގަބޫލުފުޅު ނުކުރައްވާކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިހެން ވިދާޅުވީ މިރޭ ކުރިއަށްދިޔަ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ރެލީއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެމަނިކުފާނު ވިދާޅުވީ މާދަމާ އޮންނަ ޝަރީއަތުގެ މަޖިލީހަށް ފަހުގައިވެސް ރައްޔިތުންނާއި ބައްދަލުކުރައްވާނެ ކަމަށާއި އެއްވެސް ބުރައެއް އުފުލަން ޖެހޭ ވަރުގެ ހުކުމެއް އަންނާނެކަމަށް ގަބޫލުފުޅު ނުކުރައްވާކަމަށެވެ. ނަމަވެސް ރައީސް ޔާމީން ވަނީ އެމަނިކުފާނު ނެތަސް ޕީޕީއެމް ކުރިއަށްދާނެކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވެފައެވެ.
"ތިބޭފުޅުންނާއި ވަކިން އަޅުގަނޑު ހުންނަން ޖެހުނަސް، އެއްވެސް ކަހަލަ ހީނަރު ކަމެއް އެއްވެސް ކަހަލަ ލޮޅުމެއް އައިސްގެން ނުވާނެ. އެކަމުގެ ބާރު އޮތީ އާންމު މެމްބަރުންގެ އަތުގަ. އެކަމަށް ސަމާލުވެވަޑައިގަންނަވާ،" ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވަނީ މިހާރު މި އޮތް "ޖައްބާރު" ސަރުކާރުން ޝަރީއަތަށް އަތް ބޭނިއަސް، މާތް ﷲ އެއަށްވުރެ ރަނގަޅު ގޮތެއް ނިންމަވާނެކަމަށް ވިދާޅުވެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް