ރައީސް މުޢިއްޒު ބައިވެރިވެވަޑައިގެންނެވި ޖަލްސާއަކަށް ބަޔަކު ބިސް ޖަހައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންނެވި ޖަލްސާއަކަށް ބަޔަކު ބިސް ޖަހައިފިއެވެ.
މިކަން ހިނގާފައިވަނީ ރޭގެ ވަގުތެއްގައި ސްޓްލްކޯ ހެޑު އޮފީސް ކުރިމަތީ އޮންނަ ކަށިމާ ހިނގުމުގައި ކެމްޕެއިން ޖަލްސާ ކުރިއަށްދިޔަ ސަރަހައްދުގައި ހުރި ގ.ނަރީތަ، 3 ވަނަ ފަންގިފިލާއިން ކަމަށް މައުލޫމާތު ލިބެއެވެ.

ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ޕީއެންސީގެ ޓިކެޓްގައި ހުޅުދޫ ދާއިރާއަށް ވާދަކުރައްވަމުން ގެންދަވާ މުހައްމަދު ޝާހިދުގެ ކެމްޕޭން ޖަލްސާ ކުރިއަށް ގެންދިޔަ ސަރަހައްދަށް ބިސް ޖަހާފައިވާއިރު، މި ކެމްޕެއިން ޖަލްސާގައި ރައީސް މުއިއްޒު ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މިހާދިސާ ހިނގިތާ މާ ގިނައިރުތަކެއް ނުވެ، ކެމްޕެއިން ޖަލްސާ ހިނގަމުންދިޔަ ސަރަހައްދަށް އެސްއޯ ފުލުހުން ގޮސް ސަލާމަތީ ކަންކަން ވަނީ އިތުރަށް ވަރުގަދަ ކޮށްފައެވެ.

މި މައްސަލާގައި އަދި މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް