ފޮޓޯ؛ ގޫގުލް މެޕްސް
ފޮޓޯ؛ ގޫގުލް މެޕްސް
ދުނިޔެ 04 Apr 2026 | 07:01

އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް އައިސްފި

ލިޔުންތެރިޔާ

އަޙްމަދު އާހިލް ސަޢީދު

އަފްޣާނިސްތާނުގެ ދަރަވަން ސަރަހައްދަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި މި ބިންހެލުން އައިސްފައިވަނީ، ރިކްޓަރ މިންގަނޑުން 5.9 މެގްނިޓިއުޑުެގ ބާރުމިނުގައެވެ. ރިޕޯޓްތައް ބުނާގޮތުގައި މި ބިންހެލުމުގެ ލޮޅުންތަކުގެ އަސަރު އިންޑިއާގެ ނިއުދިއްލީއަށްވެސް ވަނީ ކޮށްފައެވެ. މީގެ އިތުރުން މި ބިންހެލުމުގެ ލޮޅުންތައް އިންޑިއާގެ ޕަންޖާބު، ހަރިއާނާ، ޖައްމޫ އެންޑް ކަޝްމީރުގެ އިތުރުން ކަރްގިލްއަށް ވެސް ވަނީ ފޯރާފައެވެ. ނަމަވެސް، މި ހާދިސާގައި މިހާތަނަށް އެއްވެސް މީހަކަށް އަނިޔާވިކަމުގެ ނުވަތަ މުދަލަކަށް ގެއްލުންވިކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.

އަފްޢާނިސްތާނަށް އައި މި ބިންހެލުމުގެ ލޮޅޫންތަކުެގ އިހްސާސް ދިއްލީއަށް ކޮށްފައިވަނީ، މި ބިންހެލުން އައިސްފައިވަނީ އެ ސިތީއަށްބާރުގަދަ ވަޔާއެކު ވެލީގެ ތޫފާނަކާއި ގުގުރުމާއެކު ވާރޭ ވެހެމުންދިޔަ ވަގުތެއްގައެވެ.

އިންޑިއާގެ މީޓިއޮލޮޖިކަލް ޑިޕާޓްމަންޓުން ވަނީ ދިއްލީގެ ދެކުނާއި މެދުތެރޭ ސަރަހައްދުތަކަށް އޮރެންޖް އެލާޓް ނެރެފައެވެ. އަދި ހޮނިހިރު ދުވަހު ވެސް ގުގުރުމާއެކު ވިދާނެ ކަމަށް ލަފާކޮށްފައިވާއިރު، އެންމެ މަތީ ހޫނުމިން ހުންނާނީ 33 ޑިގްރީ ސެލްސިއަސްގައި ކަމަށް އެ އިދާރާއިން ބުނެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް