"ރާއްޖެއަށް ސީދާ ރައްޔިތުންނާއި ގުޅުންހުރި ތަރައްގީއެއް ގެނައީ ރައީސް ޔާމީން ވެރިކަމުގައި"
މަޝްހޫރު ލަވަކިޔުންތެރިޔާ އަދި އެމްޑީޕީގެ މަޖިލިސް19 ޕަރައިމެރީގައި ވިލިގިލި ދާއިރާއަށް ވާދަކުރެއްވި މެޒޯ މުހައްމަދު މާޖިދު، މަޖާޒީ ގޮތަކަށް ރައީސް ޔާމީނަށް ސަނާކިޔައިފިއެވެ.
މެޒޯ މިމޭރުމުން ވާހަކަދެއްކީ އޭނާ ކުރި ޓްވީޓެއްގައެވެ.
މެޒޯ ބުނީ އޭނާ ދުށްތަނުގައި ފަސް އަހަރަކުން މި ރާއްޖެއަށް ސީދާ ރައްޔިތުންނާއި ގުޅުންހުރި އެންމެ ބޮޑު ތަރައްގީއެއް ގެނައީ ރައީސް ޔާމީންގެ ވެރިކަމުގައި 2013 އިން 2018 ކަމަށެވެ.
"ދެން މަށަށް ބަވަން ފަށާ" މެޒޯގެ ޓްވީޓްގައި ބުންޏެވެ.

މެޒޯ މޯޑް މިފަހުން ފާހަގަކުރެވިފައިވަނީ އިބްރާހިމް މުހައްމަދު ޞާލިހްގެ ވެރިކަމުގައި ހިނގާ ކަންކަމަށް ފާޅުގޮތެއްގައި ފާޑުކިޔަމުންއަން ފަރާތެއްގޮތުގައެވެ.
އޭނާ އިތުރަށްބުނީ ބެދޭ މަޅިއެއް ނެތްކަމުގައިވާނަމަ ވެރިކަން ބަދަލުކުރުވީ ދޮގާއި މަކަރާއި އެކުލެވިގެންް ކަމަށެވެ.
ބެލެވޭ ގޮތުގައި މެޒޯ އިޝާރާތްކުރަނީ ކުރީގެ ސަރުކާާރުން ހިންގި ކަމަށް އިދިކޮޅުން ބުނާ އެކި ކަހަލަ ޖަރީމާތައް ތަހުގީގުނުކުރެވި، ދިގު ދެމިގެންދާ ދިޔުމަށެވެ. މިކަމާއި މެދު އެމްޑީީޕީގެ ގިނަބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް