ކެބިނެޓްގެ މާލީ ބަޔާންތައް އަންނަ ހަފްތާގައި ހާމަކުރަނީ
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވަޒީރުންގެ މަޖިލީހާއި ރައީސް އޮފީހުގެ ސިޔާސީ މަގާމްތަކުގައި ތިއްބެވި ބޭފުޅުންގެ މާލީ ބަޔާންތައް އަންނަ ހަފްތާގައި ހާމަކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވެއްޖެއެވެ.
ހޫދު މިހެން ވިދާޅުވެފައިވަނީ އެބޭފުޅާ ކުރެއްވި ޓްވީޓެއްގައެވެ.
ހޫދު ވިދާޅުވީ އަންނަ ހަފްތާ ނިމުމުގެ ކުރިން މުޅި ކެބިނެޓާއި ރައީސް އޮފީހުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ފަރާތްތަކުގެ މާާލީ ބަޔާން އާންމުކުރެވިގެން ދާނެކަމަށެވެ.
މިކަން ކުރުމަށް ހަމަޖެހިފައިވަނީ ރައީސް އޮފީހުން އެފަދަ ފަރާތްތަކުގެ މާލީ ބަޔާނާއި ކުށުގެ ރެކޯޑް ސާފުކޮށް، އެކަމަށް ހާއްސަ ފޯމެއް ތައާރަފްކޮށްފައިވާތީވެ، އެ އުސޫލުގެެ ދަށުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް