ބޯޓެއްގެ ކްރޭނުން ބައެއް ޖެޓީ މައްޗަށް ވެއްޓިއްޖެ
އެމްޕީއެލް ސަރަހައްދުގައި މުދާ އުފުލަން އުޅުމުގެ ތެރޭގައި ބޯޓެއްގެ ކެރޭން ވެއްޓިއްޖެއެވެ.
މިހާދިސާ ހިނގާފައިވާކަމުގެ ރިޕޯޓް ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ 14:00 ގައި ކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.
އެމްޕީއެލް ސަރަހައްދުން މުދާއުފުލުމުގެ ތެރޭގައި ބޯޓުގެ ކެރޭނު ވެއްޓިފައިވަނީ ޖެޓީ އަށެވެ. ނަމަވެސް މި ހާދިސާއާއި ގުޅިގެން އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއްނުވެއެވެ.
އެހެންނަމަވެސް އެސަރަހައްދުގައި ހުރި މުދާތަކަށް ގެއްލުންވެފައިވާކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް