N/A
N/A
ހަބަރު 13 Sep 2019 | 18:38

ފެނަކައިގެ އެމްޑީ ސައީދަކީ ރޯނު އެދުރެއް: ނިމާލް

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރކަމުގެ މަގާމުގައި މިހާރު ހުންނެވި މުހައްމަދު ސައީދަކީ ރޯނުއެދުރެއްކަމަށް އެ ކުންފުނީގެ އެމްޑީކަން ކުރިން ކުރެއްވި އަދި މިހާރު ޕީއެންސީގެ ނައިބު ރައީސްކަން ކުރައްވަމުން ގެންދަވާ މުހައްމަދު ނިމާލް ވިދާޅުވެއްޖެއެވެ.

ނިމާލް މިހެން ވިދާޅުވީ ސައީދަށް ބައިނަލްއަގްވާމީ އެވޯޑެއް ލިބުމުން އެކަމަށް ރައްދުދެއްވައި، ފޭސްބުކްގައި އާންމުކުރެއްވި ސްޓޭޓަސްއެއްގައެވެ.

އެބޭފުޅާ ވިދާޅުވީ ފެނަކައިގެ އެތައް މުވައްޒަފުން އެއްވެސް ކުށަކާ ނުލާ ވަޒީފާ އިން ވަކިކޮށް އެ މުވައްޒަފުންނާއި އެމީހުންގެ އާއިލާތައް މަގުމަތި ކުރުވާ، އެ މުވައްޒަފުންނަށް ނިކަމެތި ކަންދީ، ވަޒީފާ ގައި މިހާރު ދެމިތިބި ފަރާތްތައް ސައީދު ހިންގަވާ ކޮރަޕްޝަންގެ އަމަލުތަކަށް އެއްބާރުލުން ނުދޭކަމުގައި ވާނަމަ ވަޒީފާ ގައި ދެމި ނުތިބެވޭނެ ކަމުގެ ބިރުވެރިކަން އުފައްދާފައިވާ ކަމަށެވެ.

އަދި އެފަދަ މާހައުލެއް ޤާއިމުކުރި ބޭފުޅަކަށް ބައިނަލް އަޤްޥާމީ އެވޯޑެއް ލިބުމުން ދިވެހިން ތެރޭގައި ތިބި މަދު ބަޔަކު އަތްޖެހިޔަސް ދެން ތިބި މީހުން ގާތަށް އަންނާނީ ހިނިކަަމަށް ނިމާލް ވިދާޅުވިއެވެ.

ނިމާލް ވިދާޅުވީ މި އަހަރުގެ ފުރަތަމަ ދެ ކުއާޓާގައި ކުންފުނި ހިންގުމަށް ބޮޑެތި ބަދަލު ތަކެއް ގެނެސް ހަރަދުތަށް ކުޑަކޮށް ފައިދާ އިތުރު ވެފައި ކަމަށް ސައީދު ވިދާޅުވި އިރު މީގެ ކުރިން އެބޭފުޅާ ދެއްވާ ކޮންމެ ބަސްދީގަތުމެއްގައި ކުންފުނި ދަރާފައި އޮތް މިންވަރާއި ކުންފުނީގައި އޮތް ދޯހަޅި ސިޔާސަތުތަކުގެ ސަބަބުން ކުރިއަށް ވަޑައިގެން ނެތީ ކަމަށް ބަހަނާ ދައްކަވާ، ރަށްރަށުން ކަރަންޓު އެހާ ގިނައިން ދާންޖެހޭ ސަބަބަކީ އައީ ކަމަށް ދިވެހި ރައްޔިތުނަށް ވިސްނުވާ ދޭން މަސަކަތްވެސް ކުރެއްވީކަމަށެވެ.

"އޭޝިޔަން ޔުޓިލިޓީސް އެވޯޑް ދޭ ފަރާތުން މަނިކުފާނުގެ މަސައްކަތްޕުޅު ކޮންމެ ދުވަހަކުވެސް ވަރަށް ގާތުން ބައްލަވާ އިވެލުއޭޓް ކުރައްވަނީ ތޯއެވެ. އެ ބޭފުޅުން ކުރަށްވާނެ އިތުރު މަސައްކަތެއް ނެތީ ތޯއެވެ. މި ހުރިހާ ކަމެއް ބަދަލުކުރައްވާ މަނިކުފާނު އެއް ދުވަހުން ތިޔަ ގެންނެވި ބޮޑު ބަދަލަށް އެވޯޑެއް އެރުވުމުން މިއަދު މަނިކުފާނު ސިފަ ކުރަން މި ޖެހެނީ ޖާދޫ ގަރެއްގެ ގޮތުގައެވެ"، ނިމާލް ވިދާޅުވިއެވެ.

ނިމާލް ވިދާޅުވީ ސައީދަށް ލިބިވަޑައިގެންނެވި އެވޯޑަކީ ގަނެވޭ އެއްޗެއްކަމަށާއި ނިމާލް އެމްޑީ ކަމުގައި ހުންނެވިއިރުވެސް އެފަދަ ހުށައެޅުންތައް އަންނަ ކަމަށެވެ. އަދި އެ އެވޯޑް ހޯދުމަށް ރައްޔިތުންގެ ޓެކްސް ފައިސާއިން ފެނަކައިން ހަރަދުކުރި މިންވަރު ހާމަކުރުމަށްވެސް އެބޭފުޅާ ވަނީ ގޮވާލައްވާފައެވެ.

" އެހެން ބަޔަކު ކޮށްނިންމާފައި ހުރި ބުރަ މަސައްކަތެއްގެ މެޑަލް ޖަހަން ލަދެއް ނުގަނޭތޯއެވެ. ތިޔަ ކުރެއްވި ކަމަކީ އެހެން މީހަކު ލައްވައި އެކްޒާމެއް ހަދުވައިގެން ވަގު ސެޓްފިކެޓެއް ހޯދުން ކަހަލަ ކަމެކެވެ. މަނިކުފާނަކީ މަޤާމް ގައި ދެމިހުރުމަށް މަކަރާ ޖާދޫ ހައްދަވާ މޮޅު ރޯނު އެދުރެކެވެ. ތިޔައީ ދިވެހި ކޮމެޑީ ފިލްމް އަކަށް މރ.ބީންގެ ރޯލަކަށް ނޭގޭނެ އެންމެ މޮޅު އެކްޓަރެވެ"، ނިންމާލައްވަމުން ނިމާލް ވިދާޅުވިއެވެ.

ފޮޓޯ: މިހާރު

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ
13 Oct 2026 ހަބަރު

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ

މިހާދިސާ ހިނގީ ރޭ ގާތް ގަނޑަކަށް 9 ޖަހާލާ ކަންހާއިރު، 3 މީހުންނާއެކު ކައްޓެޅި ބާނަން ގޮސް އޮތް ބޮއްކުރާގައި ބަނދަރުން ނުކުމެގެން ދަތުރުކުރި ލޯންޗުން ޖެހިގެންނެވެ.

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...