ރައީސް ނަޝީދުގެ ތަޢުޒިޔާ؛ ރައީސް ޞާލިހުގެ މަންމާފުޅަކީ ހަޔާތުގައި އެންމެ ހެޔޮ ނަސޭހަތްދެއްވި ބޭފުޅާ
ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ މަންމާފުޅު، މޫމިނާ ހުސައިން ފުޅު އަވަހާރަވުމާއި ގުޅިގެން ކުރީގެ ރައީސް މުޙައްމަދު ނަޝީދު ތަޢުޒިޔާ ފޮނުއްވައިފިއެވެ.
ރައީސް ޞާލިހާއި އާއިލާއަށް ތަޢުޒިޔާ ވިދާޅުވުމުގެ ގޮތުން ރައީސް ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމަނިކުފާނުގެ ހަޔާތުގައި އެންމެ ހެޔޮ ނަސޭހަތެއް ދެއްވި އެންމެ ގާތް ބޭފުޅަކީ ރައީސް ޞާލިހުގެ މަންމާފުޅު ކަމަށެވެ.
ރައީސް ޞާލިހުގެ މަންމާފުޅު ނިޔާވުމުގެ ހިތާމައިގައި ބައިވެރިވާ ކަމަށް ވިދާޅުވެ ރައީސް ނަޝީދުވަނީ މާތްالله މަރުހޫމާ އަށް ސުވަރުގެ މިންވަރުކުރެއްވުން އެދިވަޑައިގެން ދުޢާ ދަންނަވާފައެވެ.
މޫމިނާ ހަސަންފުޅުގެ ނިޔާވީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ގެންދަވަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގައެވެ. ނިޔާވިއިރު ޢުމުރުފުޅަކީ 80 އަހަރެވެ.
ރައީސް ޞާލިހުގެ މަންމާފުޅު އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒާއި ދައުލަތުގެ އިސްބޭފުޅުން ވެސް ވަނީ ތަޢުޒިޔާ ފޮނުއްވާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް