އެމްއެމްޕީއާރުސީގެ ފައިސާ ލިބުނު މޭޖަރ ނަވީނަށް ފިޔަވަޅު އަޅަނީ
އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ރިޕޯޓުން އެސްއޯއެފްއިން ޑޮލަރ ލިބުނުކަމަށް ފާހަގަކޮށްފައިވާ އެމްއެންޑީއެފްގެ މޭޖަރ ނަވީން ޒުބައިރާއި ދެކޮޅަށް ފިޔަވަޅު އަޅާނެކަމަށް، ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.
އެ ރިޕޯޓްގައި ފާހަގަކޮށްފައިވާގޮތުގައި ޚިޔާނާތުގައި މެދުވެރިއެއްގެ ގޮތުގައި ހަރަކާތްތެރިވި އެސްއޯއެފްގެ އެކައުންޓުން ނަވީންގެ އެކައުންޓަށް ވަނީ އެއްލައްކަ ޑޮލަރު ޖަމާކޮށްފައެވެ.
އެމްއެންޑީއެފުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަަލުވުމުގައި ވާހަކަ ދައްކަވަމުން، ޝަމާލް ވިދާޅުވީ އެކަންކަމުގައި ސަރުކާރުގެ ޕޮލިސީގެ ތެރެއިން ނަވީނާމެދު އަޅަން ޖެހޭ ފިޔަވަޅެއް އަޅާނެ ކަމަށެވެ. ނަމަވެސް، ނަވީންއާއި ދެކޮޅަށް ފިޔަވަޅު އެޅުން ލަސްވަނީ އޭނާ މިވަގުތު ރާއްޖެއިން ބޭރުގައި ތަމްރީނެއްގައި ހުންނެވުމުން ކަމަށް ޝަމާލް ފާހަގަކުރެއްވިއެވެ.
ނަވީންއާއި ދެކޮޅަށް އަޅާނެ ފިޔަވަޅަކީ ކޮބައިކަން ޝަމާލް ވިދާޅުވެފައެއް ނުވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް