އިންކިއުބޭޓަރެއް ނެތުމުން އެއް ދުވަހުގެ ތުއްތު ކުއްޖަކު އައްޑޫގައި ނިޔާވެއްޖެ
ތުއްތު ކުދިން ނޭވާލުމަށް އެހީތެރިވެދޭ އިންކިއުބޭޓަރެއް ނެތުމާއި ގުޅިގެން، އެކަށީގެންވާ ފަރުވާ ނުދެވި އެއް ދުވަހުގެ ތުއްތު ކުއްޖަކު ނިޔާވެއްޖެއެވެ.
އައްޑޫ ސިޓީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި އިންކިއުބޭޓަރެއް ނެތުމާއި ގުޅިގެން ނިޔާވެފައިވަނީ ސ.މަރަދޫ ފޭދޫ، މޭރީ ވިއު، ޢާއިޝަތު އީވް އިމްރާނެވެ.
މީޑިޔާތަކަށް މައުލޫމާތު ދެމުން ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ ކުއްޖާނިޔާވެފައިވަނީ އައްޑޫ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް މާލެ ފޮނުވާލައި، އައިޖީއެމް ހޮސްޕިޓަލްގެ އެންއައިސީޔޫގައި ފަރުވާދެމުން ދަނިކޮށް ކަމަށެވެ.
A newborn baby said goodbye to this world because the hospital didn't have this machine. The baby died on flight on her way from Addu to male on the flight.
— އާނިމް (@AdduAalaath) May 19, 2019
Who will be responsible for this? pic.twitter.com/KVJBCVKaKW
ދުވަސް ނުފުރާ ވިހެއި މި ކުއްޖާ ވިހެއުމާއި އެކު، އެ ކުއްޖާގެ ނޭވާލުމުގެ މައްސަލަތަކެއް ހުރުމުން އެ ކުއްޖާއަށް ބޭބީ އިންކިއުބޭޓަރެއްގައި ފަރުވާދޭން ޖެހުނެވެ. ނަމަވެސް ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި އިންކިއުބޭޓަރެއް ނެތުމުން ކުއްޖާއަށް ވަނީ އެކަށީގެންވާ ފަރުވާ ނުދެވިފައެވެ.
ގިނަބަޔަކު ވިއްސައި އަދި ޚިދުމަތްހޯދާ ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި މިފަދަ މުހިންމު ވަސީލަތެއް ނެތުމުން ގިނަބަަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް