މަރާމާތުގެ މަސައްކަތަކަށް މިރޭ ބްރިޖުން ބައެއް ބަންދު ކުރަނީ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ސިނަމާލެ ބްރިޖްގެ މެއިންޓެނެންސް މަސައްކަތެއް ކުރުމަށްޓަކައި ބްރިޖުން ބައެއް މިރޭ ބަންދު ކުރަން ނިންމައިފި އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ މިރޭ 11:45 އިން ފެށިގެން އެ މަސައްކަތް ނިމެންދެން ބްރިޖްގެ އުތުރު ފަރާތު ލޭނު ބަންދުކޮށް ޓްރެފިކް ފްލޯއަށް ބަދަލު ގެނައުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މާލެއާ ހުޅުލެ އަދި ހުޅުމާލެ ގުޅުވާލުމުގައި ސިނަމާލެ ބްރިޖްގެ ދައުރު ވަރަށް ބޮޑެވެ. ހުޅުމާލޭގެ ދެ ފޭސް ގައި އެތައް ހާސް ބަޔަކު ދިރިއުޅޭއިރު އެކި ބޭނުންތަކުގައި އެތައް ހާސް ބަޔަކު ކޮންމެ ދުވަހަކު ބްރިޖްގެ ބޭނުން ކުރެ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް