ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމެޓީން ތޮލާލް އިސްތިއުފާދީފި
މިދިޔަ ސަރުކާރުން ސޯޝަލް ހައުސިންގ ސްކީމްތަކުގެ ދަށުން ދޫކުރި ފްލެޓްތަކުގެ މައްސަލަ ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ކޮމެޓީން އަހުމަދު ތޮލާލް އިސްތިއުފާދެއްވައިފިއެވެ.
ތޮލާލް އެ ކޮމެޓީން އިސްތިއުފާދެއްވިކަން އެބޭފުޅާ ވަނީ މީޑިޔާއަށް ކަށަވަރުކޮށްދީފައެވެ.
ތޮލާލް އަކީ މިވަގުތު ޓްރާންސްޕޭރެންސީ މޯލްޑިވްސްގައި ސީނިއަރ ޕްރޮޖެކްޓް ކޯޑިނޭޓަރގެ މަގާމު އަދާކުރައްވަމުން ގެންދަވާ ފަރާތެކެވެ. މީގެ ކުރިން އެބޭފުޅާ ވަނީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސްގެ ނައިބު ރައީސްކަން ކުރައްވާފައެވެ.
ފްލެޓްތަކުގެ މައްސަލަތައް ބެލުމަށް ކޮމެޓީއެއް އުފައްދާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ 31ވަނަ ދުވަހުގައެވެ.
މި ކޮމެޓީން މިހާތަނަށް އާންމުކޮށްފައިވާ ގޮތުގައި ފްލެޓްތައް ދޫކުުރުމުގައި ނިމިދިޔަ ސަރުކާރުން ވަނީ އުސޫލުން ގިނަ ކަންތައްތަކެއް ކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް