ޓަމާޔޯ ޕެރީ-- ފޮޓޯ: ސްވެލްނެޓް
ޓަމާޔޯ ޕެރީ-- ފޮޓޯ: ސްވެލްނެޓް
ދުނިޔެ 25 Jun 2024 | 10:23

މިޔަރު ހަމަލާއެއްގައި ސާފިން ލެޖެންޑް ޓަމާޔޯ ޕެރީ މަރުވެއްޖެ

މިޔަރެއް ދިން ހަމަލާއެއްގައި ސާފިން ލެޖެންޑް އަދި ހޮލީވުޑް ގެ މަޝްހޫރު ފިލްމް ސީރީސް ޕައިރޭޓްސް އޮފް ދަ ކެރިބިއަންގެ އެކްޓަރު ޓަމާޔޯ ޕެރީ މަރުވެއްޖެ އެވެ.

ހަވާއީގެ ހޮނޮލޫލޫގެ އިމަޖެންސީ ސާވިސަސް އިން ބުނި ގޮތުގައި 49 އަހަރުގެ ޕެރީ މަރުވީ މިދިޔަ އާދިއްތަ ދުވަހުގެ މެންދުރުގެ ވަގުތެއްގައެވެ.

ހަވާއީގެ މާލެކަހަނާ ބީޗުގައި ސާފް ކުރަމުންދިޔަ ޕެރީ އަށް މިޔަރު ހަމަލާދިނުމުން ޕެރަމެޑިކްސް އިން ޖެޓް ސްކީއެއްގައި އޭނާ ބަލާ ދިޔަކަމަށާއި، ގެނައިރުވެސް މަރުވެފައިވާ ކަމަށް ޕެރަމެޑިކްސް އިން ވަނީ ހާމަކޮށްފައެވެ.

ހޮނޮލޫލޫގެ އުތުރުން 50 ކިލޯމީޓަރު ދުރުގައި ޕެރީ އަށް މިޔަރެއް ދިން މި ހަމަލާގައި އޭނާގެ އެއް އަތާއި އެއް ފައި ނެތް ކަމަށް ވެސް ބޭރު ދުނިޔޭގެ ނޫސްތަކުން ރިޕޯޓް ކުރެއެވެ.

ސާފިން އާއި އެކްޓިންގެ އިތުރުން ޕެރީ އަކީ ހަވާއީގައި ލައިފް ގާޑެއް ގެ ރޯލާއި ސާފިން ލެސަންތައް ނަގައިދިނުމުގައި ހަރަކާތްތެރިވި މީހެކެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް