ބިދޭސީއެއްގެ ފޯނު ފޭރުނު މީހަކު އާއްމުންގެ އެހީއާއެކު ހައްޔަރު ކޮށްފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
މާލޭގައި ބިދޭސީއެއްގެ ފޯނު ފޭރުނު މީހަކު، އާއްމުންގެ އެހީއާއެކު ހައްޔަރު ކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ލ. މާމެންދޫ / ރިހިވެލި، އަޙްމަދު ނިޒާރު (31 އަހަރު)އެވެ.
ފުލުހުން މިއަދު ބުނީ، ޗާންދަނީ މަގުން ބިދޭސީއެއްގެ ފޯނު ފޭރުނު މީހަކު ހިފަހައްޓާފައި ހުރި ކަމަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ރޭ 23:43 އެހައިކަންހާއިރު ފުލުހުން އެޓެންޑްވެފައިވާ ކަމަށެވެ.
އަދި އާންމުންގެ އެހީތެރިކަމާ އެކު އެމީހާ ހައްޔަރުކޮށް ފޯނުއޭގެ ވަނީ ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަޙުޤީޤު ކުރަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް