ޓެރަސްމަތީ މަރުވެފައި އޮތީ ދޭސީއެއްކަމެއް، ބިދޭސީއެއްކަމެއް ނޭނގޭ
މއ. ޓޮމާޓޯ ގޭގެ ޓެރަސްމަތީގައި މަރުވެފައި އޮއްވައި ފެނުނު މީހަކީ ދިވެއްސެއްކަމެއް އަދި ބިދޭސީއެއްކަން ދެނެގަނެވިފައި ނުވާކަމަށް ފުލުހުން ބުނެފިއެވެ.
ޓެރަސް މަތީގައި މީހަކު ވެއްޓިފައިވާކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ އިއްޔެ 11:30 ހާއިރުއެވެ. ފުލުހުން އެތަނަށް ދިޔައިރު މަރުވެފައިވާ މީހާގެ އަނގައިން ފޮނު އަރާފައިވާކަމަށް ފުލުހުން އިއްޔެ ވަނީ ބުނެފައެވެ.
ފުލުހުން މިއަދު ބުނީ، ޓެރަސްމަތީ މަރުވެފައި އޮއްވައި ފެނުނީ ދިވެއްސެއް ކަމެއް އަދި ބިދޭސީއެއްކަމެއް ދެނެގަނެވިފައި ނުވާ ކަމަށެވެ.
ނަމަވެސް އެމީހާ ދެނެގަތުމުގެ މަސައްކަތް މިހާރު ވެސް ކުރަމުންދާކަމަށް ފުލުހުން މައުލޫމާތު ދީފައި ވެއެވެ. ފުލުހުން މައުލޫމާތުދިން ގޮތުގައި މަރުވެފައި އޮއްވައި ފެނުނު މީހަކީ އެގޭގައި ދިރިއުޅޭ މީހެއް ނޫނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް