ބްރިޖު ލައިޓް ކައިރިން ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް؛ އަނިޔާވި 3 މީހުންނަށް ހޮސްޕިޓަލުގައި ފަރުވާދެނީ
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ސިނަލާމެ ބްރިޖު ލައިޓް ކައިރިން ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓް ހިނގައި، އަނިޔާވި ތިން މީހުންނަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މައުލޫމާތުދޭ ގޮތުގައި މި އެކްސިޑެންޓް ހިނގީ ފަތިހު 5:26 ހާއިރުއެވެ.
އެކްސިޑެންޓުގައި އަނިޔާވި ތިން މީހުންގެ ތެރެއިން، އެއް ސައިކަލުގައި ދުއްވަމުން ދިޔަ 21 އަހަރުގެ ފިރިހެން މީހަކާއި އެ ސައިކަލުގެ ފަހަތުގައި އިން 19 އަހަރުގެ އަންހެން މީހަކަށް މިހާރު ފަރުވާދެމުން ދަނީ އައި.ޖީ.އެމް.އެޗްގައި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
އަދި އަނެއް ސައިކަލު ދުއްވަމުން ދިޔަ 43 އަހަރުގެ ފިރިހެން މީހާއަށް ފަރުވާދެމުން ދަނީ އޭ.ޑީ.ކޭ ހޮސްޕިޓަލުގައި ކަމަށްވެސް ބުނެފައިވެއެވެ.
މި އެކްސިޑެންޓުގެ މައްސަލަ ފުލުހުން ގެންދަނީ ތަޙުޤީޤު ކުރަމުންނެވެ.
މިފަދަ އެކްސިޑެންޓުތަކުން ރައްކާތެރިވުމަށް، މަގުމަތީގެ ޤަވާޢިދުތަކަށް ޙުރުމަތްތެރިކޮށް ހިތުމަށާއި، ސަމާލުކަމާއެކު އުޅަނދު ދުއްވުމަށް ފުލުހުން އާންމުންނަށް އިލްތިމާސްކުރެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް