މޯދީގެ ދަތުރުފުޅުގައި ނުރަސްމީކޮށް 100 އެއްހާ ބޭފުޅުންގެ ވަފުދެއް ވަޑައިގަންނަވާނެ
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި އެމަނިކުފާނުގެ އިތުރުންއަރިހުގައި 111 ބޭފުޅަކު ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެފިއެވެ.
ފޮރިން މިނިސްޓްރީން ބުނި ގޮތުގައި މޯދީގެ އިތުރުން ރަސްމީ ވަފުދުގައި 10 ބޭފުޅަކު ވަޑައިގަންނަވާނެއެވެ. އަދި ނުރަސްމީކޮށް މޯދީގެ ވަފުދުގައި 100 ވަރަކަށް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ އެވެ.
އެހެންކަމުން މިއީ ގައުމެއްގެ ރައީސަކު ގައުމުން ބޭރަށް އެންމެ ބޮޑު ފައުޖަކާއެކު ވަޑައިގަންނަވާ ފުރަތަމަ ދަތުރުފުޅަށް ވެދާނެއެވެ. މިދަތުރުފުޅުގައި ހަ އެއްބަސްވުމެއްގައި ރާއްޖެއާއެކު މޯދީ ސޮއިކުރައްވާނެއެވެ.
މޯދީގެ ދަތުރުފުޅަކީ ދިވެހިންނަށް އެތައް ގޮތަކުން ހާއްސަ ދަތުރުފުޅަކަށް ވެގެންދާނެއެވެ. ސަބަބަކީ ދިވެހި ސަރުކާރާއެކު ގިނަ އެއްބަސްވުންތަކެއްވުމަށް ހަމަޖެހިފައިވާތީއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް