ކަޝްމީރު ހަމަނުޖެހުން: އިންޑިޔާއިން ޕާކިސްތާނުގެ 3 މީހަކު ޝަހީދުކޮށްލައިފި
އިނޑިޔާއިން ބަޑިން ހަމަލާދީ ޕާކިސްތާނުގެ ތިން މީހާކު ޝަހީދުކޮށްލާފައިވާކަމަށް ޕާކިސްތާނުން ބުނެފިއެވެ.
ޕާކިސްތާނުން ބުނާގޮތުގައި އެ ތިން މީހުންގެ ތެރޭގައި ހިމެނެނީ ޕާކިސްތާނުގެ މިލިޓަރީއަށް ނިސްބަތްވާ މީހަކާއި އާންމުންގެ ތެރެއިން ތިން މީހެކެވެ.
މި ތިން މީހުންވެސް ޝަހީދުކޮށްލާފައިވަނީ އިންޑީޔާއިން ޕާކިސްތާނުގެ ބޯޑަރ ކައިރިން ދިން ބަޑީގެ ހަމަލާތަކުގެ ތެރެއިންނެވެ.
އިންޑިއާއިން ވަނީ މި މަހުގެ ކުރީކޮޅު ކަޝްމީރުގައި ސިފައިންގެ ލަޝްކަރުތައް ރުކުރުވާލައި، ކަޝްމީރު މިނިވަން ކޮށް އޮތް އޮތުން ނިމުމަކަށް ގެނެސްފައެވެ. ކަޝްމީރު މިނިވަން ވަކި ދައުލަތެއްގެ ގޮތުގައި އޮތުމަށް ބާރު ދެނީ މާއްދާ 370 އެވެ.
ކަޝްމީރުގައި އުފެދިފައިވާ ނުތަނަވަސްކަން ބޮޑުވެފައިވާ އިރު، އެ މައްސަލައިގެ ތެރެއަށް ޕާކިސްތާނުން ވަަނީ ވަދެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް