ލޭބަރ ޕާޓީ ފަރާތުން މަޖިލީހަށް ވާދަކުރަން ހުޅުވާލައިފި
މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ)ގެ ފަރާތުން މިއަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.
މި ފުުރުސަތު ހުުޅުވާލައި، އެޕާޓީން ވަނީ މިއަދު އިއުލާންކޮށްފައެވެ.
ލޭބަރ ޕާޓީގެ ޓިކެޓެއްގައި މަޖިލީހަށް ވާދަކުރުމަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން އެ ފަރާތެއްގެ ދާއިރާއާއި ވަނަވަރު ހިމެނޭ ގޮތަށް ސިޓީއަކުން ނުވަތަ އީމެއިލުން ހުށަހެޅުމަށް އެ ޕާޓީން ވަނީ އެދިފަ އެވެ.
މީގެ އިތުރުން މަޖިލީސް އިންތިހާބުގައި ވާދަ ކުރާ އެހެން ޕާޓީތަކުގެ ކެންޑިޑޭޓުންނާއި އަމިއްލަ ގޮތުން ވާދަ ކުރާ ކެންޑިޑޭޓުން، ލޭބާ ޕާޓީގެ ތާއީދު ހޯދުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ވެސް އެޕާޓީން ހުޅުވާލާފައިވާކަން ފާހަގަކޮށްލެވެއެވެ.
ލޭބަރ ޕާޓީ ރަޖިސްޓްރީ ކޮށްފައިވަނީ މިދިޔަ ހޯމަދުވަހުގައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް