މާދަމާ އަކީ ބަންދު ދުވަހެއް ކަމަށް ކަނޑައަޅައިފި
މާދަމާ އަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިޙް ހަމަޖައްސަަވައިފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވާ ގޮތުގައި އިންތިޚާބާއި ގުޅިގެން އާދީއްތަ އަކީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވުމަށް ރައީސް ސޯލިޙް ނިންމަވާފައިވާ ކަމަށެވެ.
ރައީސް އޮފީހުން އާއްމުކުރި ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މާދަމާ ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ވޯޓުގެ ކަންކަމުގައި ސަރުކާރުގެ ގިނަ އަދަދެއްގެ މުވައްޒަފުންނާއި އާއްމު ރައްޔިތުން ހަރަކާތްތެރިވާތީ އެ ފަރާތްތަކަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖެއްސެވުމުގެ ގޮތުންނެވެ.
އާދީއްތަ އަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށް ހަމަޖެއްސި އިރު މީގެ ކުރިން ވެސް އިންތިޚާބުތަކުގެ ފަހު ދުވަހަކީ ރަސްމީ ދުވަހަކަށް ވެއްޖެ ނަމަ އެ ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ރާއްޖޭގައި ވެރިކަން ކުރި ސަރުކާރުތަކުން ކަނޑައަޅާފައި ވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް