ޕީޖީގެ މަގާމުން ބިިޝާމް އިސްތިއުފާދެއްވައިފި
ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމުގައި ހުންނެވި އައިޝަތު ބިޝާމް މަގާމުން އިސްތިއުފާދެއްވައިފިއެވެ.
ބިޝާމް އެމަގާމުން އިސްތިއުފާދެއްވިކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވަނީ ޓްވިޓަރ މެދުވެރިކޮށް ހާާމަކުރައްވާފައެވެ. ރައީސް ޞާލިހު ވަނީ ބިޝާމްގެ ޚިދުމަތަށް ޝުކުރު ދަންނަވާފައެވެ.
އެމަގާާމުން ބިޝާމް އިސްތިއުފާ ދެއްވާފައިވަނީ އެކަމަނާގެ އިތުބާރު ނެތްކަމުގެ މައްސަލައާއި މެދު ގޮތެއް ނިންމުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީއަށް އެކަމަނާ ހާޒިރުވާން އަންގަވާފައި ވަނިކޮށެވެ.
އެ ކޮމެޓީއަށް ބިޝާމް ހާާޒިރުވާން އަންގާފައިވަނީ މައްސަަލައިގައި ޖަވާބުދާރީވުމަށެވެ.
މިއަދު ހެނދުނު ބިޝާމް އާންމުކުރެއްވި ބަޔާނެއްގައި ވިދާޅުވީ ޕީޖީގެ މަގާމުން އެކަަމަނާ ވަކިކުރެއްވުމަށް ޖުޑީޝަރީ ކޮމެޓީން ފަށާފައިވާ ފައްޓަވާފައިވާ އިޖުރާއަތްތަކަކީ އިޚުލާސްތެރި ނިޔަތެއްގައާއި ގާނޫނު އަސާސީގެ ނައްޞާއި ރޫހާއި އެއްގޮތަށް ކުރިއަށްގެންދާ އިޖުރާއަތްތަކެއްކަމަށް ފެނިވަޑައި ނުގަންނަވާކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް