ބަންޑުންޖަހާލިއިރު ކޮޅުވެއްޓީގައި 14 މީހުން ތިބި: ފުލުހުން
އެމްޕީއެލް ބަނދަރާއި ދިމާ ބޭރުގައި އޮތް ކޮޅުވެއްޓިއެއް ބަންޑުންޖަހާލިއިރު ކޮޅުވެއްޓީގައި 14 މީހަކު ތިބި ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ އެ ޙާދިސާ ހިނގިއިރު އެ ކޮޅުވެއްޓީގައި ތިބި އެންމެން ވެސް ފެނިފައިވާ ކަމަށެވެ.
އަދި އެ ޙާދިސާގައި އަނިޔާވި މީހުންގެ ތެރެއިން އެކަކަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށާއި، ބިދޭސީ އެމީހާގެ ހާލު ސީރިއަސް ކަމަށް ވެސް ފުލުހުން ބުންޏެވެ. ބެލެވޭ ގޮތުގައި އެމީހާ އަކީ ރަސްފަންނު ދިމާ އަޑިން ސިފައިން ޑައިވްކޮށްގެން ހޯދި މީހާއެވެ.
ފުލުހުން މީގެ ކުރިން ބުނީ މި ހާދިސާގެ މައުލޫމާތު އެފަރާތަށް ލިބިފައިވަނީ 15:44 ގައި ކަމަށެވެ. މި ޙާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ސާފުވެފައެއް ނުވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް