މީގެ ކުރިން ދިން ބަޑީގެ މިފަދަ ހަމަލާއެއްގައި ފުލުހުން ފޯރިމަރަނީ..ފޮޓޯ: އޭޕީ
މީގެ ކުރިން ދިން ބަޑީގެ މިފަދަ ހަމަލާއެއްގައި ފުލުހުން ފޯރިމަރަނީ..ފޮޓޯ: އޭޕީ
ދުނިޔެ 06 Dec 2025 | 16:00

ދެކުނު އެފްރިކާގެ ހޮސްޓެލްއެއްގައި ބަޑިން ހަމަލާދީގެން 11 މީހަކު މަރު. 3 އަހަރުގެ ތުއްތު ކުއްޖަކުވެސް ހިމެނޭ

ލިޔުންތެރިޔާ

އަބްދުﷲ ހުސައިން

ދެކުނު އެފްރިކާގެ ޕްރެޓޯރިއާ ސިޓީގެ ހޮސްޓެލްއެއްގައި ދިން ބަޑީގެ ހަމަލާއެއްގައި 12 މީހަކު މަރާލައިފިއެވެ.

ބަޑީގެ ހަމަލާތަކުގައި މަރުވި މީހުންގެ ތެރޭގައި 3 އަހަރުގެ ތުއްތު އަންހެން ކުއްޖަކާއި، 12 އަހަރުގެ ފިރިހެން ކުއްޖެއްގެ އިތުރުން 16 އަހަރުގެ އަންހެން ކުއްޖަކު ހިމެނެއެވެ.

މަންޒަރުދުށް ފަރާތަކުން ބުނެފައިވަނީ، މި ހާދިސާ ހިނގާފައިވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި ކަމަށެވެ. ބަދީގެ ހަމަލާތަކުގައި 11 މީހެއްގެ ފުރާނަ ގެއްލުނުއިރު 14 މީހަކަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ. ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ބަޑިހިފައިގެން ހޮސްޓެލްއަށް ވަދެފައިވަނީ މަސްތުގެ ހާލަތުގައި ތިބި ބައެކެވެ. ހޮސްޓެލްއަށް ވަނުމަށްފަހު އެމީހުންވަނީ ވަކި އަމާޒެއްނެތި ބަޑިޖަހަން ފަށާފައެވެ. ބަޑިޖެހީ ކިތައް މީހުން ކަމެއް ނޭނގެއެވެ.

މި ހާދިސާ އާ ގުޅޭގޮތުން މާބޮޑު ތަފްސީލެއް ލިބިފައެއް ނުވެއެވެ. ދެކުނު އެފްރިކާއަކީ ބަޑިޖެހުމުގެ މިފަދަ ވަރަށްގިނަ ހާދިސާތައް ހިނގާ ޤައުމެކެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް