އދ.މަހިބަދޫ މަގުތައް ތަރައްޤީކުރުން ތާވަލާ އެއްގޮތަށް ކުރިއަށް
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
އދ. މަހިބަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތް ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ކުރިއަށްދާކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ބުނެފިއެވެ.
އާރްޑީސީއިން ކުރިއަށްދަނީ މަހިބަދޫ މަގުތައް ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތަކެވެ. އެގޮތުން މިހާރު މިވަގުތު ކުރިއަށް ދަނީ، އެރަށު މިރިހި ގޯޅީގައި ސްޓޯރމް ވޯޓަރ ހޮޅި އެޅުމުގެ މަސައްކަތް ކަމަށެވެ. މީގެ އިތުރުން ކޭބަލް ޖަންކްޝަން ބެހެއްޓުމާއި ސްޓޯރމް ވޯޓަރ ޓޭންކް ބެހެއްޓުމުގެ މަސައްކަތް ކުރިއަށްދާކަމަށް ކަމަށް އާރްޑީސީއިން ބުންޏެވެ.
މި މަސައްކަތް ކުރިއަށްދަނީ ޑިޒައިން އެންޑް ބިލްޑް ގެ އުސޫލުންނެވެ. މި މަސައްކަތް އާރްޑީސީން ފަށާފައިވަނީ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. މި މަސައްކަތްހަވާލުކޮށްފައިވަނީ 420 ދުވަސް ތެރޭގައި ނިންމާ ގޮތަށް 4.2 މިލިއަން ރުފިޔާއަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް