މިހާތަނަށް 1 ބިލިއަން ރުފިޔާގެ 42 މަޝްރޫއުއެއް ނިންމައިފިން: އަމީރު
މި ސަރުކާރުން މިހާތަނަށް 42 މަޝްރޫއުއެއް ނިންމާފައިވާނެކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަމީރު ވިދާޅުވީ މި ސަރުކާރުން 42 މަޝްރޫއުއެއް މިހާތަނަށް ނިންމާފައިވާނެކަމަށާއި، އެ މަޝްރޫއުތަކަށް ގާތްގަނޑަކަށް އެއް ބިލިޔަން ރުފިޔާ ޚަރަދުވެފައިވާނެކަމަށެވެ.
އަމީރު މި ޕްރޮޖެކްޓްތަކަށް ހަރަދުކުރަނީ ދައުލަތުގެ ބަޖެޓުންނާއި، ރާއްޖޭގެ މާލީ އިދާރާތަކުން ފައިސާ ހޯދައިންގެންނާއި ބޭރުގެ އެހީގެ ދަށުންކަމަށެވެ.
އެބޭފުޅާ ވިދާޅުވީ ސަރުކާރުން އެކި ފަރާތްތަކަށް ޖުމްލަ 136 ޕްރޮޖެެކްޓެއް ހަވާލުކޮށްފައިވާނެކަމަށާއި އެ ޕްރޮޖެކްޓްތަކުގެ ޖުމްލަ އަގު 3.8ބިލިޔަން ރުފިޔާއަށް އަރާނެކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް