މަހިބަދޫ ފުޓްސަލް ދަނޑުގެ މަސައްކަތް އާރުޑީސީއިން ކުރިއަށް
އދ މަހިބަދޫ ގައި ގާއިމުކުރުމަށް ނިންމާފައިވާ ފޮޓްސަލް ދަނޑުގެ މަސައްކަތް ކުރިއަށްގޮސްފައިވާ ހިސާބުގެ އަދާހަމަ ރޯޑް ޑީވަލޮޕްމެންޓު ކޯޕަރޭޝަން (އާރްޑީސީ) އިން ހާމަކޮށްފިއެވެ.
އާރުޑީސީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން އދ. މަހިބަދޫ ފުޓްސަލް ދަނޑު ތަރައްޤީކުރުމުގެ މަސައްކަތްތަކުގެ ތެރެއިން ކީވޯލް އެޅުމުގެ މަސައްކަތް އަދި ބެކް ފިލިންގގެ މަސައްކަތް ދަނީ ކުރަމުން ކަމަށެވެ.
މި މަސައްކަތް ފެށުމަށް މަހިބަދޫއަށް ސާމާނު ފޮނުވަނ އާރްޑީސީއިން ފަށާފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގެ 25 ވަނަ ދުވަހެވެ.
މަހިބަދުއަކީ ފުޓްސަލްގެ ދާއިރާގައި ނަން ފާހަގަކޮށްލެވޭ ރަށެކެވެ. ރާއްޖޭގެ ފެންވަރުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އެ ރަށުގެ ޒުވާނުންނަށް މި ފުޓްސަލް ދަނޑު ވެގެންދާނީ އެތައް މަންފާތަކެއް ކުރުވަނިވި ދަނޑަކަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް