ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުގެ ލީޑަރު މުހައްމަދު ޔޫނުސް-- ފޮޓޯ: އޭއެފްޕީ
ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުގެ ލީޑަރު މުހައްމަދު ޔޫނުސް-- ފޮޓޯ: އޭއެފްޕީ
ދުނިޔެ 07 Aug 2024 | 09:47

ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުގެ ވެރިޔަކަށް މުހައްމަދު ޔޫނުސް އައްޔަނުކޮށްފި

ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުގެ ވެރިޔަކަށް ނޯބަލް ސުލްހައިގެ އެވޯޑް ހާސިލްކޮށްފައިވާ މުހައްމަދު ޔޫނުސް އައްޔަނުކޮށްފިއެވެ.

84 އަހަރުގެ ޔޫނުސް މި މަގާމަށް އައްޔަނުކުރެއްވީ ބަންގްލަދޭޝްގެ ބޮޑުވަޒީރު ކަމުގައި ހުންނެވި ޝައިޚް ހަސީނާ، އެމަގާމުން އިސްތިއުފާ ދެއްވައި ގައުމުދޫކޮށް ފިއްލަވައި ވަޑައިގަތުމުންނެވެ. ޔޫނުސް އަކީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ހަސީނާގެ ސިޔާސީ ދުޝްމިނެއްކަން ފާހަގަކޮށްލަން ޖެހެއެވެ.

ބަންގްލަދޭޝްގެ ނޫސްތަކުން ރިޕޯޓް ކުރި ގޮތުގައި ބަންގްލަދޭޝްގެ ރައީސް މުހައްމަދު ޝަހާބުއްދީން މި މަގާމަށް ޔޫސުފް އަންނަން ކުރެއްވީ ސްޓޫޑެންޓް ލީޑަރުންނާއި އަސްކަރީ ޚިދުމަތުގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ފަހުއެވެ.

އެގައުމުގެ ސްޓޫޑެންޓް ލީޑަރުން ވަގުތީ ސަރުކާރުގެ ޗީފް އެޑްވައިޒަރުގެ މަގާމަށް ޔޫނުސް ބޭނުންވާ ކަމަށް ބުނެފައިވާއިރު، މި ބަދަލާއިއެކު، ސިއްހީ ފަރުވާ ހޯއްދެވުމަށް މިވަގުތު ޕެރިހުގައި ހުންނެވި ޔޫސުފް އެނބުރި ބަންގްލަދޭޝްއަށް ވަޑައިގަންނަވާނެ ކަމަށް ބެލެވެއެވެ.

އެ މަގާމަށް އައްޔަން ކުރެއްވުމާ ގުޅިގެން ޔޫނުސްގެ ފަރާތުން އަދި ރަސްމީބަހެއް ލިބިފައިނުވާއިރު، ވަގުތީ ސަރުކާރު ވެރިކަމާ ހަވާލުވާނީ ކޮން އިރަކު ކަމެއް ވެސް ސާފެއް ނުވެއެވެ.

ޔޫނުސް އާއި އޭނާގެ މައިކްރޯކްރެޑިޓް ޖަމިއްޔާއެއް ކަމަށްވާ ގްރަމީން ބޭންކަށް 2006 ވަނަ އަހަރުގެ ނޮބެލް ސުލްހައިގެ އިނާމު ލިބުނީ ބަންގްލަދޭޝްގެ އަވަށްތަކުގެ ފަގީރުންނަށް 100 ޑޮލަރަށް ވުރެ ކުޑަ ކުދި ލޯނުތަކެއް ދީގެން އެތައް މިލިއަން ބަޔަކު ފަގީރުކަމުން ސަލާމަތް ކުރުމަށް މަސައްކަތް ކުރުމުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް