ވަގަށް ވެހިކަލް އެތެރެކުރި މައްސަލައިގައި ކަސްޓަމްސްގެ ދެ މުވައްޒަފަކު ސަަސްޕެންޑްކޮށްފި
ލަކުޑި ކޮންޓޭނަރެއްކަމަށްބުނެ އޮޅުވާލައިގެން ދިވެހިރާއްޖެއަށް ވެހިކަލްތަކެއް އެތެރެކުރި މައްސަލައިގައި ކަސްޓަމްސްގެ ދެ މުވައްޒަފަކު ސަސްޕެންޑްކޮށްފިއެވެ.
ކަސްޓަމްސްއިން މައުލޫމާތު ދޭގޮތުގައި މި ދެ އޮފިސަރުން ސަސްެޕެންޑްކޮށްފައިވަނީ މައްސަަލަ ތަހުގީގުކޮށް ނިމެންދެންނެވެ.
މިދިޔަ މަހުގެ 27ވަނަ ދުވަހު ވަގަށް އެތެރެކުރި ވެހިކަލްތައް ފެނުނީ ހުޅުމާލޭގައި ފޮރުވާފައި ހުއްޓާއެވެ. އެ ވެހިކަލްތަކުގެ ސީއެންޑްއެފް އަގު 586،000ރ. އަށް އަރާނެ ކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.
ކަސްޓަމްސްއާއި ފުލުހުން ގުޅިގެން ހިންގި މި އޮޕަރޭޝަންގައި 3 ކާރު، 2 ޕިކަޕް، 2 ވޭން އަދި 14 ސައިކަލު ވަނީ ވަގަށް އެތެރެކޮށްފައި ވަނިކޮށް ހޯދާފައެވެ.
މި ވެހިކަލްތައް އެތެރެކޮށްފައިވަނީ ކޮންއިރަކު، ކޮން ފަރާތަކުންތޯ ކަސްޓަމްސްއިން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް