ދެކުނުގެ ރަށެއްގައި 17 އަހަރުގެ ކުއްޖަކު ބަލިވެ އިން މައްސަލައެއް
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ދެކުނުގެ ރަށެއްގައި 17 އަހަރުގެ ކުއްޖަކު ބަލިވެ އިން މައްސަލައެއް ފެންމަތިވެެއްޖެ އެވެ.
ެެއެ މައްސަލައާ ގުޅޭގޮތުން ސުވާލު ކުރުމުން ފުލުހުން މިރޭ ބުނީ ދެކުނުގެ ރަށެއްގައި، ޑޮކްޓަރަށް ދެއްކި 17 އަހަރުގެ ކުއްޖަކު ބަލިވެ އިން މައްސަލަ އެއް އޭޕްރީލް 13 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
މި މައްސަލަ، ކަމާ ގުޅުންހުރި އެހެނިހެން އިދާރާތަކާ ގުޅިގެން ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށް ވެސް ބުންޏެވެ.
ރިޕޯޓްތައް ބުނާގޮތުން މި ކުއްޖާއަކީ ގުރޭޑް 11 ގައި ކިޔަވަމުންދާ ދަރިވަރެކެވެ. ބަލިވެ އިންކަން ފަޅާ އެރީ ބަނޑަށް އަށެއްކަ މަސްވާން ކައިރިވެފައި ވަނިކޮށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް