ކުޑަކުއްޖަކަށް ވަޅިން ބިރުދެއްކި ބައްޕައަކު ހައްޔަރުކޮށްފި
މާލެ އަތޮޅުގެ ރަށެއްގައި ބައްޕައަކު، އޭނާގެ އަމިއްލަ ކުޑަ ދަރިފުޅަށް ވަޅިން ބިރުދައްކައިފިއެވެ.
މި ހާދިސާގެ ފޮޓޯތައް މީސް މީޑިޔާގައި ދައުރުވަމުންދާއިރު، މި ހާާދިސާ ހިނގާފައިވަނީ އިއްޔެ މެންދުރުކަމަށްވެއެވެ.
ހަތް އަހަރުގެ ފިރިހެން ކުއްޖާއަށް އޭނާގެ ބައްޕަ ބިރުދައްކާފައިވަނީ، އެ ކުއްޖާ ބަލަމުންދިޔަ ބޮޑު ދައިތަގެ ކިބައިން އަތުލަން އުޅުމުގެ ތެރޭގައެވެ. އެ ކުއްޖާގެ އުމުރުން ތިންމަހުން ފެށިގެން އެ ކުއްޖާ ބަލަމުންދަނީ ކުއްޖާގެ ބޮޑުދައިތަކަމަށް ބައެއް މީޑިޔާތަކުން ރިޕޯޓްކުރެއެވެ.
އެ ކުއްޖާގެ މައިން ބަފައިންނަކީ މަސްތުވާތަކެތި ބޭނުންކުރާ ބަޔަކަށް ވުމުން، ކުއްޖާގެ އުމުރުން ތިން މަހުންފެށިގެން ކުއްޖާ ބަލަމުންދަނީ އެކުއްޖާގެ ބައްޕައާ އެއްބަނޑުއެއްބަފާ ބޮޑުދައިތަ ކަމަށް އެރަށު ކައުންސިލަރު މައުލޫމާތު ދެއްވައެވެ.
އެމައްސަލައާއި ގުޅިގެން ފުލުހުން ބުނީ، އިއްޔެ ދިއްފުށީގައި ހިނގި ހަމަނުޖެހުމެއްގައި އާއިލާގެ މީހުންނަށް ހަމަލާދީ، ތޫނުއެއްޗަކުން ބިރުދެއްކި ކަމުގެ ތުހުމަތުގައި ދިވެހި ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން ރޭ 10:36 ގައި ހައްޔަރުކޮށްފައިވާކަމަށެވެ.
މި މައްސަލަ ވަނީ ޖެންޑަރ މިނިސްޓްރީއަށްވެސް ހުށައަޅާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް