ފްލައިޓަކަށް އަރައި ކުޑަކުއްޖަކު ގަދަކަމުން އަތުލަން އުޅެފި
އދ.މާމިގިލި އެއަރޕޯޓުގައި އޮތް ފްލައިމީގެ ފްލައިޓަކަށް މީހަކު އަރައި، ކުޑަކުއްޖަކު ގަދަކަމުން އަތުލަން އުޅެފިއެވެ.
އެނގިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.
މި ހާދިސާއާއި ގުޅިގެން އެއާޕޯޓުތަކުގެ ސެކިއުރިޓީ ބަލަހައްޓާ އޭވިއޭޝަން ސެކިޔުރިޓީ ކޮމާންޑުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއަދު ހެނދުނު 10:18 ގައި ފްލައިމީގެ ވީޕީ605 ގެ ބޯޓު ފުރަން ތައްޔާރުވެފައިވަނިކޮށް، އެއާސައިޑަށް ވަދެވޭގޮތަށް ހުންނަ ގޭޓުން އާންމުންގެ މީހަކު ވަނީ ދުވެފައިގޮސް ފްލައިޓަށް އަރައި، ބޯޓުގައި އިން އަންހެނެއްގެ އަތުން ކުޑަކުއްޖަކު އަތުލިކަމަށެވެ.
އެ ހާދިސާ ހިނގި ވަގުތު ސެކިޔުރިޓީ ޗެކްޕޮއިންޓުގައި އިން އޮފިސަރަށް އިޖާބަ ނުދީ ދުވެފައިގޮސް އެމީހާ ބޯޓަށް އެރީކަމަށް ބަޔާނުގައި ބުނެފައިވެއެވެ. ބޯޓަށް އެރި މީހާ ފަހަތުން އެ އޮފިސަރު ގޮސް ވަނީ އެމީހާ ބޯޓުން ބާލުވައި ފުލުހުންނާއި ވަނީ ހަވާލުކޮށްފައެވެ.
ވައިގެ ބަނދަރުތަކުގެ ސަލާމަތާއި ރައްކތެރިކަމަށްޓަކައި ހެދިފައި ހުންނަ ގާނޫނުތަކާއި ގަވައިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ސެކިޔުރިޓީ ކޮމާންޑުން ވަނީ އިލްތިމާސްކޮށްފަ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް