ރައީސް ޔާމީންގެ ޝަރީއަތް މާދަމާ ޓީވީން ދައްކާނެ!
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ތުހުމަތު ކުރެވޭ މަނީ ލޯންޑްރިންގްގެ މައްސަލައިގެ ޝަރީއަތް ވަގުުތުން ދުރަށް ފޮނުވާގޮތަށް ހަމަޖެހިއްޖެއެވެ.
މާދަމާ ކްރިމިނަލް ކޯޓުގައި އޮންނަ މި ޝަރީއަތް ލައިވްކުރާނެކަން ޑިޕާރޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުންވެސް ވަނީ ޔަގީންކޮށްދެއްވާފައެވެ.
ޑީޖޭއޭއިން ބުނިގޮތުގައި މާދަމާގެ ޝަރީއަތުގެ ލައިވް ފީޑް ޓީވީއެމްގެ ފަރާތުން އެހެން މީޑިޔާތަކަށް ފޯރުކޮަށްދެމުންދާނެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިއީ 1988ވަނަ އަހަރުގެ ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ ޝަރީއަތްތަކަށްފަހު، ރާއްޖޭގައި ޝަރީއަތެއް ދުރަށް ފޮނުވާ ފުރަތަަމަ ފަހަރެވެ.
ރައީސް ޔާމީންގެ މައްޗަށް ދައުވާ ކުރެވެނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ އިން، އެމަނިކުފާނު މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި ހުޅުވާފައިވާ އެކައުންޓަކަށް އެސްއޯއެފުން އެއް މިލިއަން ޑޮލަރު ޖަމާ ކުރުމުން އެ ފައިސާ އިން މަންފާ ހޯއްދަވައި ލޯންޑާ ކުރައްވާފައިވާ ކަމުގެ ދައުވާއެެވެ.
އެ އަޑުއެހުން އޮންނާނީ މާދަމާ 11:30 ގައިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް