"ދަވާލައިފި" މި ނަމުގައި އިދިކޮޅުން އެއްވުމެއް ބާއްވަނީ!
ޕީޕީއެމް އަދި ޕީއެންސީން "ދަވާލައިފި" މި ނަމުގައި ހާއްސަ އެއްވުމަށް ބާއްވަން ނިންމައިފިއެވެ.
އެ ދެ ޕާޓީން ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ރެލީއާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ވިދާޅުވީ އެ އެއްވުން އޮޮންނާނީ އަންނަ މަހުގެ 12 ވަނަ ދުވަހު ކަަމަށެވެ.
"ދިވެހިރާއްޖޭގެ ހާލަތާ ގުޅޭގޮތުން މި ރެލީއަށް މިއޮތީ ނަން ކިޔާފައި" ޝުޖާއު ވިދާޅޅުވިއެވެ.
ޝުޖާއު ވިދާޅުވީ އަންނަ މަހު ބާއްވާ ރެލީގައި ދެ ޕާޓީގެ ލީޑަރޝިޕްގެ އިސް ބޭފުޅުން ބައިވެރިވާނެ ކަމަށެވެ. ޝުޖާއު ވިދާޅުވީ "ދަވާލައިިފި" އިދިކޮޅުގެ ރެލީއަށް ކިޔަން ޖެހުނީ މިއަހަރަށް ލަފާކޮށް ހުށަހެޅި 30 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓުން ކުރި ހަރަދުތައް ސާފުކޮށް ނުދޭތީ ކަމަށެވެ.
ޕީޕީއެމް-ޕީއެންސީން މިމަހުގެ އެއްވަނަ ދުވަހުވެސް އެއްވުމެއް ބޭއްވިއެެވެ. އެ އެއްވުމަށް ދިން ނަމަކީ "ކޮބާ ނުވިއެއްނު"އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް