މި ސަރުކާރަކީ ފިނިހަކަ ސަރުކާރެއް: ސިއްދީގް
މި ސަރުކާރަކީ ފިނިހަކަ ސަރުކާރެއްކަމަށް ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން މިއަހަރުގެ މަޖިލިސް އިންތިޚާބުގައި ވާދަކުރާ އަހުމަދު ސިއްދީގް ވިދާޅުވެއްޖެއެވެ.
ސިއްދީގް މިހެން ވިދާޅުވީ ތުލުސްދޫގައި އޮތް ކެމްޕެއިން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެބޭފުޅާ ވިދާޅުވީ ނޮވެމްބަރު 17 ވަނަ ދުވަހުން ފެށިގެން ތަރައްގީ ހުއްޓިފައިވާ ކަމަށާއި މިއީ ފިނިހަކަ ސަރުކާރެއް ކަމަށެވެ. އަދި މި ސަރުކާރުން މިއަދާއި ހަމައަށް އެއްވެސް ކަމެއް ކުރިތޯ ސިއްދީގް ވަނީ ސުވާލު އުފައްދަވާފައެވެ.
ސިއްދީގް ވިދާޅުވީ ތުލުސްދޫ ދާއިރާއަށް ނުކުތީ ދާއިރާގެ ތިބި އެހެން ކެންޑިޑޭޓުންނާއި ވާދަކުރަން ނޫން ކަމަށެވެ.
ސިއްދީގު ވިދާޅުވީ، އެބޭފުޅުންނާއި ވާދަކޮށްގެން ލިބެނީ ކޮން އެއްޗެއްކަން އެނގިވަޑައި ނުގަންނަވާކަމަށާއި އޭނާ ވާދަކުރައްވަނީ ޕާޓީގެ ފިކުރާއި، ގައުމުގެ މުސްގަގްބަލާއި އަދި ރަށްރަށަށް ލިބިފައި ހުރި ގެއްލުންތަކާއި، ނުކުރެވި ހުރި ކަންތައްތައް ކުރުމުގެ ނިޔަތުގައި ކަމަށެވެ.
އެބޭފުޅާ ވަނީ އެބޭފުޅާއަކީ ރައީސް އަބްދުﷲ ޔާމީން 2013 ވަނަ އަހަރުން ފެށިގެން ކުރަމުން އައި މަސައްކަތުގެ ނުނިމި އޮތްބައިގެ މަސައްކަތް ކުރާނެ ބައިވެރިއެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް