އިނގުރައިދޫއިން މަސްތުވާތަކެއްޗާއި އެކު ކުޑަކުއްޖަކު ހައްޔަރުކޮށްފި
ރ.އިނގުރައިދޫން މަސްތުވާތަކެއްޗާއި އެކު 18އަހަރުން ދަށުގެ ކުއްޖަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އިއްޔެ އެފަރާތަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ހުރިކަމަށް ބެލެވޭ އެއް ޕެކެޓާއި އެކު 18އަހަރުން ދަށުގެ ފިރިހެން ކުއްޖަކު ހައްޔަރުކުރެވުނު ކަމަށެވެ.
މި ކުއްޖާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް އިންނަމާދޫ މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުން މިއީ އެކުއްޖާ ފުރަތަމަ ފަހަރަށްވުމުން ޝަރުތުތަކަކާއި އެކު ދިހަ ދުވަަހަށް ގޭބަންދަށް ވަނީ ބަދަލުކޮށްފައެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ބަލަމުންނެވެ.
ފޮޓޯ: ފްލިކަރ
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް