ބޭރުގެ މަސްބޯޓެއްގައި ހިންގި މާރާމާރީއެއްގައި ޒަޚަމްވި ދެމީހަކަސް އައްޑޫ ސިޓީގައި ފަރުވާދެނީ
ރާއްޖެއިން ބޭރުގެ މަސްބޯޓެއްގައި ހިންގި މާރާމާރީއެއްގައި ޒަހަމްވި ދެމީހަކަށް އައްޑޫ ސިޓީ ހިތަދޫ ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފިއެވެ.
އެކަމާއި ގުޅިގެން އެމްއެންޑީއެފުން ބުނެފައިވަނީ ބޭރު ކަނޑުން ދަތުރުކުރަމުން ދާ ރާއްޖެއިން ބޭރުގެ މަސްބޯޓެއްގައި ހިނގި މާރާމާރީއެއްގައި އަނިޔާ ލިބިގެން ދެމީހަކު ސިފައިންގެ އެހީތެރިކަމާއި އެކު އައްޑޫ ސިޓީ ހިތަދޫ ހޮސްޕިޓަލަށް ގެނެވިފައިވާކަމަށެވެ. އަދި އެމީހުން ހޮސްޕިޓަލަށް ގެންދެވިފައިވަނީ މިރޭ ހަތްގަޑި ތިރީސް ފަހެއް ހާއިރު ކަމަށް ވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.
އަދި ދެ މީހުންނަކީވެސް އިންޑޮނޭޝިޔާގެ ރައްޔިތުން ކަމަށް ސިފައިން ބުނެފައިވެއެވެ.
ސިފައިން ބުނެފައިވަނީ އެ ހާދިސާ ހިނގިއިރު މަސްބޯޓް އޮތީ ރާއްޖެއާއި 760 މޭލު ބޭރުގައި ކަމަށެވެ. އަދި އެމީހުން އައްޑޫ ސިޓީއަށް ގެނެސްފައިވަނީ އެމަރޖެންސީ ފަރުވާއަށް ކަމާއިބެހޭ އިދާރާތަކުގެ ހުއްދައާއި އެކު ރާއްޖެއާ ކައިރިކޮށް ސިފައިންގެ ލޯންޗް ބޯޓް އޮތް ސަރަހައްދަށް ގޮސްކަމަށެވެ.
އެހާދިސާއާއި ގުޅޭ އިތުރުތަފުސީލު ލިބެމުން އަންނަ ވަރަކުން ހިއްސާކުރާނެ ކަމަށްވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް