މުޅި މާލެއިން ކަރަންޓް ކެނޑުނީ ޓެކްނިކަލް މައްސަލައެއް ދިމާވެ، މާލޭގެ އިންޖީނުގެ ނިވިގެން: ސްޓެލްކޯ
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
މުޅި މާލެއިން ކަރަންޓް ކެނޑުނީ ޓެކްނިކަލް މައްސަލައެއް ދިމާވެ، މާލޭގެ އިންޖީނުގެ ނިވިގެންކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
މާލެސިޓީން ކަރަންޓްގެ ހިދުމަތް މެދުކަނޑިފައިވަނީ މިއަދު 11:30 ހާއިރެވެ. މިކަމާ ގުޅިގެން ސްޓެލްކޯއިން ބުނީ, މާލޭގެ ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވަނީ އިންޖީނުގެއަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މާލޭގެ އިންޖީނުގެ ނިވިގެން ކަމަށެވެ.
ސްޓެލްކޯއިން ބުނީ މިއިންޖީނުގޭގެ އިންޖީނުތައް އަލުން ހިންގަން ފެށުމާއެކު، ކަރަންޓު މެދުކެނޑުނު ސަރަޙައްދުތަކަށް ޚިދުމަތް އަލުން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރެވެމުންދާކަމަށެވެ. އެގޮތުން މި ވަގުތު މާލޭގެ 75 އިންސައްތަ ސަރަޙައްދަށް ކަރަންޓުގެ ޚިދުމަތް އަލުން ފޯރުކޮށްދެވިފާކަމަށް ސްޓެލްކޯއިން ބުންޏެވެ. އަދި ބާކީ ހުރި ސަރަޙައްދުތަކަށް ކަރަންޓު ފޯރުކޮށްދިނުމުގެ މަސައްކަތް ދަނީ ކުރެވެމުންދާކަމަށް ސްޓެެލްކޯއިން ބުނެއެވެ.
ސްޓެލްކޯއިން ދަނީ މާލެ ސަރަހައްދަށް ދެމުންދާ ކަރަންޓްގެ ހިދުމަތް އަޕްގްރޭޑް ކުރުމަށް މަސައްކަތް ކުރަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް