ސްނޯކްލިންގަށް ގޮސްއުޅުނު ދެމަފިރިން ގެއްލުނުކަމަށް ބުނެވުނީ އޮޅުމަކުން!
އއ.އަތޮޅުގައި އޮންނަ ކޮންސްޓެންސް މޫފުށި ރިސޯޓުން ސްނޯކްލިންގަށް ދިޔަ ދެ ފަތުރުވެރިއަކު ގެއްލުނުކަމަށް އެ ރިސޯޓަށް ރިޕޯޓްކުރެވުނީ އޮޅުމަކުންކަމަށް ބުނެފިއެވެ.
އެމްއެންޑީއެފުން ބުނީ ޖަރުމަނަށް ނިސްބަތްވާ މި ދެމަފިރިން ގެއްލުނުކަމަށް ރިޕޯޓްކުރެވުނީ އެ ރިސޯޓުގެ މުވައްޒަފުންނަށް އެރި އޮޅުމަކުންކަމަށެވެ.
އެދެމީހުން ގެއްލިގެން ހޯދަމުންދިޔައިރު، ދެމީހުން ވަނީ އަމިއްލައަށް ރިސޯޓަށް އަރާފައެވެ.
އެ މީހުން ހޯދަން ކޯސްޓްގާޑް ވެލާނާ ލޯންޗްގެ ސިފައިންނާއި ކޯސްޓްގާޑްގެ ޑައިވަރުން ވަނީ މަސައްކަތްކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް