ޕާޓީގެ ލީޑަރުގެ ގޮތުގައި ޖާބިރު ޑީއާރްޕީއަށް ސޮއިކުރައްވައިފި
ދިވެހިރައްޔިތުންގެ ޕާޓީ (ޑީއާރްޕީ)ގެ ލީޑަރުގެ ގޮތުގައި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ޑީއާރްޕީއަށް މިރޭ ސޮއިކުރައްވައިފިއެވެ.
ޖާބިރު ޑީއާރްޕީއަށް ސޮއިކުރައްވާފައިވަނީ މިރޭ ބޭއްވި ކުޑަ ރަސްމިއްޔާތެއްގައެވެ.
މިރޭ ޖާބިރު އެޕާޓީއަށް ސޮއިކުރެއްވުމާއި އެކު އެޕާޓީގެ ކައުންސިލް ބައްދަލުވުމެއް ބާއްވައި، އެޕާޓީގެ ލީޑަރުކަމަށް އެބޭފުޅާ ވަނީ ހޮވާފައެވެ. އަދި މީގެ ކުރިން އެޕާޓީގެ ވަގުތީ ލީޑަރު ކަމުގައި ހުންނެވި ކާނަލް މުހައްމަދު ނަޝީދު ވަނީ ޑެޕިއުޓީ ލީޑަރކަމަށް ހޮވާފައެވެ.
ޖާބިރު މިހާތަނަށް ހުންނެވީ އެމްޑީޕީގެ މެންބަރެއްގެ ގޮތުގައެވެ.
މީގެ ކުރިން މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން ކާނަލް ނަޝީދު ވަނީ ޑީއާރްޕީއަށް މަޖިލީހުގެ އިތުރު މެންބަރުންތަކެއްވެސް ގުޅޭނެކަމަށް ވިދާޅުވެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް