ބްރިގޭޑިއަރ ޖެނެރަލް ޒުހައިރު އެމްއެންޑީއެފުން ރިޓަޔަރކޮށްފި
އެމްެއެންޑީއެފްގައި ދިގު މުއްދަތެއް ވަންދެން ޚިދުމަތްކުރައްވާފައިވާ ބޭފުޅެއް ކަމުގައިވާ ބްރިގޭޑިއަރ ޖެނެރަލް އަލީ ޒުހައިރު އެމްއެންޑީއެފްގެ ވަޒީފާއިން ރިޓަޔަރ ކުރައްވައިފިއެވެ.
ސިފައިންގޭގައި ޚިދުމަތްކުރައްވާތާ 30އަށްވުރެ ގިނަ އަހަރު ވެފައިވާ ބްރިގޭޑިއަރ ޒުހައިރު މަގާމުން ރިޓަޔަރ ކުރައްވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ޒުހައިރަކީ ކޯސްޓްގާޑުގެ ކޮމަންޑަރުގެ އިތުރުން ސިފައިން ވެލްފައާ ކޮމްޕެނީ (ސިވެކް)ގެ ޗެއާމަން އެވެ.
އެބޭފުޅާ އަކީ މީޑިޔާތަކާއި ވަރަށް ގާތުން މަސައްކަތް ކުރައްވާ ފަރާތެކެވެ.
ފޮޓޯ: މިހާރު
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް