ދަށު ކޯޓުތަކުން ޖޭއެސްސީއަށް ފަނޑިޔާރަކު ހޮވަން ފަށައިފި
ދަށުކޯޓުތަކުން ޖުޑީޝަލް ސާރވިސް ކޮމިޝަނަށް ކަނޑައަޅާ ފަނޑިޔާރަކު ހޮވުމަށް އިންތިޚާބު ފަށައިފިއެވެ.
މި އިންތިޚާބުގެ ވޯޓުލުން މިއަދު ހެނދުނު 9އިން ފެށިގެން ހަވީރު 5ޖަހަންދެން ކުރިއަށް ދާނެއެވެ.
މި އިންތިޚާބުގައި ވާދަކުރަނީ ތިން ބޭފުޅުންނެވެ. އެއީ ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ހައިލަމްގެ އިތުރުން ގދ. ފިޔޯރީ ކޯޓުގެ މެޖިސްޓްރޭޓް އަބުދުއްރައްޒާގު މުހައްމަދާއި ލ. ފޮނަދޫ މެޖިސްޓްރޭޓް ކޯޓްގެ އިސްމެޖިސްޓްރޭޓް އަލީ ޝަރީފެވެ.
ވޯޓު ފޮށިތައް ބަހައްޓާފައިވަނީ ކޮންމެ އަތޮޅެއްގެ ވެރިކަން ކުރާ ރަށާއި މާލެއާ ފުވައްމުލަކު އަދި އައްޑޫ ސިޓީގަ އެވެ. މާލޭގެ ވޯޓު ފޮށި ބަހައްޓާފައިވަނީ ބާ ޖަމާލުއްދީންގައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް