ފޭސްބުކް ސްޓާފުންނަށް އަހަރުމެންގެ ޕާސްވޯޑްތައް ފެނުނު؟
ފޭސްބުކްގެ ސްޓާފުންނަށް ޔޫޒަރުންގެ ޕާސްވޯޑް ފެންނަގޮތަށް ދާދިފަހަކާއި ޖެހެންދެން އިންކަމަށް އެކުންފުނިން ބުނެފިއެވެ.
އިއްޔެ އެކުންފުނިން ބުނެފައިވަނީ މިދިޔަ ޖެނުއަރީ މަހުގައި އެކުންފުނީގެ ސެކިއުރިޓީ ރިވިއުއެއް ހެދިއިރު، މުވައްޒަފުންނަށް ޕާސްވޯޑްތައް ފެންނަން ހުރިކަން ހާމަވެފައިވާކަމަށެވެ.
އެގޮތުން އެތައް މިލިޔަން ޔޫޒަރުންގެ ޕާސްވޯޑްތައް ފޭސްބުކްއިން ރައްކާކޮށްފައިހުރީ ޕްލެއިން ޓެކްސްޓްގެ ގޮަތަށް މުވައްޒަފުންނަށް ވަދެވޭ ޑާާޓާބޭސްގައިކަމަށް އެކުންފުނިން ބުންޏެވެ.
ނަމަވެސް މި ޕާސްވޯޑްތައް ފޭސްބުކުން ބޭރަށް ނުދާނެކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
ފޭސްބުކުން ވަނީ މިކަމުގައި ގެއްލުންވި ފަރާތްތަކަށް އަންގާނެކަމަށް ބުނެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް