ރާއްޖޭގައި ފުރަތަމަ ފަހަރަށް ރެޓީނާ ލޭޒާ ޓްރީޓްމަންޓް ހިދުމަތް ފަށައިފި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ރާއްޖޭގައި ފުރަތަމަ ފަހަރަށް ރެޓީނާ ލޭޒާ ޓްރީޓްމަންޓް ހިދުމަތް ފަށައިފި އެވެ.
އެ ހިދުމަތް ފެށީ ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗްގަ އެވެ.
އެ ހޮސްޕިޓަލް ހިންގާ މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އަބްދުއްރައްޒާގް ހަލީމް ވިދާޅުވީ ދުވަސް ނުފުރާ ވިހާ ކުދިންނަށް ރެޓީނާ ލޭޒަާ ޓްރީޓްމަންޓްގެ ޚިދުމަތް ދޭން ފެށިގެން ދިޔުމަކީ ނުހަނު އުފާވެރި ކަމެއް ކަމަަށެވެ.
މިއީ ދުވަސްނުފުރާ ވިހާ ކުދިންގެ ފެނުމުގެ ބާރު ރައްކާތެރިކުރުމަށްޓަކައި ދެވޭ ހާއްސަ ފަރުވާ އެއްކަން ފާހަގަކޮށް ހަލީމް ވިދާޅުވީ މި ޚިދުމަތް ރާއްޖެ އިން ދެވެން ފެށުމާއެކު މިފަދަ ކުދިންނަށް ފަރުވާ ލަސްނުވެ ދިނުމުގެ ފުރުޞަތު ވަނީ ފަހިވެގެން ގޮސްފައި ކަމަށެވެ.
“މި ފުރުޞަތުގައި އައިޖީއެމް ހޮސްޕިޓަލުގެ އޮފްތަލްމޮލޮޖީ ޑިޕާޓްމަންޓުގެ ޑޮކްޓަރުންނާއި ނަރުހުންނަށް މަރުޙަބާއާއި ޝުކުރުދަންނަވަމެވެ،” ހަލީމް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.
ދުވަސްނުފުރާ ވިހާ ކުދީންގެ އަދަދު އިތުރުވަމުންދާއިރު މިއީ މުހިންމު ހިދުމަތެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް