އަޒްމީލްގެ ހަށިގަނޑު ރާއްޖެ ގެނެސްފި, ޖަނާޒާ މިރޭ އިޝާގެ ފަހުން
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
އިންޖީނުގޭ އަލިފާނުގެ ހާދިސާގައި ފިހިގެން ނިޔާވި ހ. ސަވާ, އަހްމަދު އަޒްމީލްގެ ހަށިގަނޑު ރާއްޖެ ގެނެސް މިރޭ ޖަނާޒާ ބޭއްވުމަށް ނިންމައިފި އެވެ.
ހުޅުމާލޭގެ ބައު އިންޖީނުގޭގެ ސްވިޗް ގިއަރ އަކަށް ދިމާވި މައްސަލައެއް ހައްލު ކުރަމުން ދަނިކޮށް، އަލިފާނުގެ ހާދިސާއެއް ހިނގައި މިދިޔަ މަހު 26 ވަނަ ދުވަހު އަޒްމީލް ވަރަށް ބޮޑަށް ފިހުނެވެ. ނިޔަވީ އިތުރު ފަރުވާއަށް ބެންކޮކަށް ގެންގޮސް ފަރުވާ ދެމުންދަނިކޮށެވެ.
ސްޓެލްކޯ އިން ވަނީ އަޒްމީލްގެ ހަށިގަނޑު ރާއްޖެ ގެނެސްފަ އެވެ. އަދި މިރޭ އިޝާ ނަމާދަށް ފަހު އަޒްމީލްގެ ޖަނާޒާ ބޭއްވުމަށް އާއިލާ އިން މިހާރު ވަނީ ނިންމާފަ އެވެ. ޖަނާޒާ އޮންނާނީ މަސްޖިދު ޒައިދު ބިން ޘާބިތް (ހުޅުމާލެ ސަހަރާ މިސްކިތް) ގަ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް