ޠަޢިބާ މިސްކިތަށް ގެއްލުންދިން މީހާ އާއިލާއާ ހަވާލުކޮށްފި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
މިއަދު ހެނދުނު ޠަޢިބާ މިސްކިތަށް ގެއްލުންދި ންކަމަށް ތުހުމަތުކުރެވޭ މީހާ ހައްޔަރު ކުރުމަށް ފަހު އާއިލާއާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ވޮއިސްއަށް މައުލޫމާތު ލިބިފައިވާ ގޮުތުގައި އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މިސްކިތުގެ ގޯތިތެރޭގައި އޭނާ ހުއްޓައެވެ. މަންޒަރުދުށް ބައެއް މީހުން ބުނީ މި ހާދިސާ ހިނގާފައިވަނީ، މިއަދު ހެނދުނު 06:45 ހާއިރުކަމަށެވެ. ތައިބާ މިސްކިތަށް ގެއްލުންދިން މީހާ ވަނީ ޕޭމަންޓް ގާބުރިއެއް އެއްލައި މިސްކިތުގެ ކުޑަދޮރުގެ ބިއްލޫރިގަނޑު ތަޅާލާފައެވެ.
ޕޭމަންޓް ގާ އެއްލުމުގެ ސަބަބުން ކޮޑަދޮރު ތަޅައިގެންގޮސް މިސްކިތު ނަމާދުކުރާ ތަނަށް ވަނީ ބިއްލޫރިތައް އެޅިފައެވެ.
ފުލުހުން ބުނީ އެ މީހާ ހައްޔަރު ކުރި ކަމަށެވެ. އަދި ފަހުން އާއިލާއާ ހަވާލުކޮށްފައިވާ ކަމަށެވެ. އާއިލާއާ ހަވާލުކުރި ސަބަބެއް ނުބުނެ އެވެ.
ނަމަވެސް މި މައްސަލަ ބަލަމުންދާ ކަމަށް ވަނީ ބުނެފަ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް