ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިރޭ ޑްރޯން ޝޯއަކާއެކު، ހަވާ އަރުވަނީ!
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ފިތުރު އީދު ފާހަގަކުރަން މިރޭ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ޑްރޯން ޝޯވ އަކާއެކު، ހަވާ އަރުވަން ނިންމައިފި އެވެ.
އެގޮތުން، އެޗްޑީސީއިން ބުނީ، ޑޮރޯން ޝޯވ އޮންނާނީ 8:30 ގައި ކަމަށެވެ. އަދި އެ ޑްރޯން ޝޯވ ތިރީސް މިނެޓަށް ކުރިއަށް ގެންދާނެ ކަމަށެވެ.
އެއަށްފަހު 9:00 ގައި ހަވާ އަރުވާނެ ކަމަށާ އެފަދަ ހަރަކާތެއް ބޭއްވުމުގެ ބޭނުމަކީ، އީދުގެ އުފާ ކުލަ ގަދަކޮށް ފާހަގަކުރުން ކަމަށް އެ ކުންފުނިން ބުންޏެވެ.

މިރޭގެ ހަރަކާތްތަކުގެ އިތުރުން މިއަދު ހަވީރުވެސް ސެންޓްރަލް ޕާކުގައި ހާއްސަ ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ވަނީ ނިންމާފައެޗެ. މި ހަވީރު އޮންނާނީ 4:00 އިން 6:00 އަށެވެ.
މިދިޔަ އަހަރު ވެސް އީދުގައި ސެންޓްރަލް ޕާކުގައި ހަވާއެރުވުމާއި ކުޅިވަރުގެ ހަރަކާތްތައް އެޗްޑީސީއިން ބާއްވާފައިވެ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް